ރައްޔިތުންގެ މަޖިލީސް ގޮއްވާލާނެ ކަމަށްބުނެ ސޯސަލް މީޑިއާގައި ކޮމެންޓްކުރި މީހާގެ މައްސަލަ ބަލަމުން އަންނަ ކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވއެއްޖެއެވެ.
އެ އިދާރާއިން މިއަދު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެކަމަށްބުނެ ސޯސަލް މީޑީއާގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ވުމާއިއެކު މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމާށެވެ.
ޓެރަރިޒަމްއަށް ހިތްވަރު ލިބޭގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެކަމަށްބުނެ ސޯސަލް މީޑިއާއި އަދިވެސް އެހެނިހެން ގޮތްގޮތުން ދޭ އިންޒާރު ތަކަކީ ސީރިއަސް މައްލަސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއް ކަމުގައި ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ އަށްވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއްކަމަށެވެ.






