Close

ކޯވިޑް ބަލީގައި ލާމުން އަތޮޅުން 2 މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ 2 މީހަކު ލ އަތޮޅުން ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ލ. ކޯވިޑް މެނޭޖެމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހެއްކަމަށެވެ.

ލ. ކޯވިޑް މެނޭޖެމަންޓް ފެސިލިޓީގައި ނިޔާވި އެކަކު ނިޔާވީ ރޭ މެންދަމުން އަނބުރާ 1:54 ގައެވެ. އެއީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ފެސިލިޓީގައި ނިޔާވި ދެވަނަ މީހާ ނިޔާވީ މެންދަމުން އަނބުރާ 3:01 ގައެވެ. އެއީ 69 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޯވިޑް ބަލީގައި މިއަދު މިހާތަނަށް ވަނީ 6 މީހުން ނިޔާވެފަ އެވެ. މިމަހުގެ ތެރޭގައި ނިޔާވި މީޙުންގެ އަދަދު މިވަނީ 38 އަށް އަރާފަ އެވެ. މިއާއި އެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީޙުންގެ ޖުމްލަ އަދަދު ވަނީ 111 އަށް އަރައިފަ އެވެ. މިހާތަނަށް މިބަލީގައި މަރުވި މީހުންގެ ތެރެއިން 97 މީހުންނަކީ ދިވެހިންނެވެ. އަދި 14 މީހުންނަކީ ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top