Close

އެލްޖީއޭގެ ބޯޑު އެކުލަވައިލުން އަންނަމަހު ތެރޭގައި

ލޯކަލް ގަވަރމެންޓް އޮތޯރިޓީ، (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރުން ހިވުމަށް ބާއްވާ އިންތިހާބު 2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފިއެވެ.

އެލްޖީއޭގެ ބޯޑަށް އިންތިހާބުކުރެވޭނީ، ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ އެއް މެމްބަރަަކާއި، އިތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޙާބުކުރާ އެއް މެމްބަރު އަދި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ 1 މެމްބަރެކެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު 2021 މެއި 24 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވައިލެވިފައެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރުން ކުރިމަތިލުމާއި ވޯޓުލލުމުގެ ފުރުސަތު ލިބިގެންވަނީ، ލޯކަލް ކައުންސިލް އިންތިހާބު 2020 ގައި އިންތިހާބުވެ ހުވާކޮށްފައިވާ ސިޓީ ކައުންލްގެ މެމްބަރުންނަށާއި، އަތިޅު ކައުންސިލްގެ ރައީސުންނަށް އަދި ރަށު ކައުންސިލްގެ މެމްބަރުންނަށެވެ. އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި، އިންތިހާބަށް ކުރިމަތިލާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް އިލެކްޝަން ކޮމިޝަނަށް ހުށައެޅުމަށް އެކޮމިޝަނުން އެދެއެވެ.

މިއީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ)ގެ (3)، (4)، އަދި (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެލްޖީއޭގެ ބޯޑަށް އިންތިހާބު ކުރަންޖެހޭ މަގާމުތަކެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top