ލ. އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 85 ޕަސަންޓް މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީއިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީނިންމާލައިފައެވެ.
މި މަޝްރޫއުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 230 މީތަރުގެ ސަރަހައްގެ އެއްގަމު ތޮށި ލައި، 208 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މީގެ އިތުރުން 98 މީތަރުގެ ސަަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި 1،560 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި ބަނދަރުގައި ބައްތި ހަރު ކުރުމުގެމަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.
ޕްލޭނިން މިނިސްޓްރީން އިސްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 34.7 މިލިއަން ރުފިޔާ އަށެވެ.






