Close

ތިނަދޫއާއި ކަނޑުހުޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއްގައި ބަޔަކު ހައްޔަރުކޮށްފި

ތިނަދޫއާއި ކަނޑުހުޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން އަދި ގއ. ކަނޑުހުޅުދޫ ޕޮލިސް ޑެސްކުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއްގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިގޮތުން ގދ. ތިނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން ގެއެއް ބަލައިފާސްކޮށް 24 އަހަރުގެ މީހަކާއި 26 އަހަރު ދެ މީހުން ހައްޔަރު ކޮށްފައިވެއެވެ.

މި މީހުން ހައްޔަރު ކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެ އޮޕަރޭޝަނުގައި، އެ ތިން މީހުން ދިރިއުޅޭ ގެ ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ގދ. ތިނަދޫން ފުރައިގެން ގއ.ކަނޑުހުޅުދުއަށް ދަތުރުކުރި ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި މަހު 16 ވަނަ ދުވަހު ހިންގިއެ  އޮޕަރޭޝަނުގައި އެ ފެރީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރުކޮޅު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މީގެއިތުރުން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 17 ކަރުދާސްކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅާއެކު 31 އަހަރުގެ މީހަކު ފުނަދޫއިން ހައްޔަރުކޮށްފަ ވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top