ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ އެއާޕޯޓުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި އެއާޕޯޓުގެ ރަންވޭއާއި ޓާނިން ޕެޑްގެ ސަބްގްރޭޑް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ.
މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންގެ އިތުރުން ސާވިސް ރޯޑު އިމާރާތް ކުރާނެއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް ނިމިއްޖެ. މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects pic.twitter.com/RyCTu9yWqF
— MTCC Plc (@MTCCPlc) May 22, 2021
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް ސައިޓު މޮބިލައިޒްކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީ ކޮޅުގައެވެ.
މި އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހު ނިންމާލެވޭނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ލަފާ ކޮށްފައެވެ.






