Close

ދުނިޔޭގެ އެތަން މިތަނުގައި ފަލަސްތީނާއިއެކު އޮތްކަން ހާމަކޮށް ހިނގާލުން

އިޒްރޭލުގެ ލާއިންސާނިއްޔަތާއި ދެކޮޅަށް އަދި ފަލަސްތީނުގެ ދިފާޢުގައި ދުނިޔޭގެ އެތަން މިތަނުގައި އަދިވެސް ދަނީ އެއްވުންތައް ބާއްވަމުންނެވެ.

 މީގެ ތެރޭގައި އިނގިރޭސިވިލާތުގެ ލަންޑަން، އޮސްޓްރޭލިއާގެ މެލްބޯން،ފްރަންސްގެ  ޕެރިސް، އެމެރިކާގެ ނިޔު ޔޯކް ފަދަ  ދުނިޔޭގެ ބޮޑެތި ސިޓީތައް ހިމެނެއެވެ.

11 ދުވަހަކަށް ދެމިގެން ދިޔަ އިޒްރޭލުގެ ބޮންއެޅުންތައް ނިމިގެން ދިޔަތާ މިއަދަކީ ދެވަނަ ދުވަސް ކަމަށްވާއިރު މި ހަމަލާތަކުގައި ޣައްޒާގެ އަދި ފަލަސްތީނީންގެ 250 މީހުން ޝަހީދުވިއެވެ. މީގެ ތެރޭގައި 65 ކުޑަކުދިންވެސް ހިމެނެއެވެ.

މީގެ އިތުރުން މި ހަމަލާތަކުގައި ޣައްޒާގެ އެތައް އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައެވެ. އަދި އެތައް ބަޔަކު ވަނީ  ގެދޮރުން ބޭރުކުރެވި ބިކަ ވެފައެވެ. 

މި ހަމަލާތައް ވެގެންދިޔައީ ފަލަސްތީނީން އެއްބައިކޮށް މުޅި ދުނިޔެއަށް އިޒްރޭޅު ފަޟީހަތްކޮށްލި ހަމަލާތަކަކަށެވެ.

މިހާރުވެސް މީސްމީޑިޔާގައި ފަލަސްތީނަށް އޮތް ތާޢީދު އޮހެމުންދާއިރު އިޒްރޭލުގެ އަނިޔާވެރިކަމާއި ދެކޮޅަށް އަދިވެސް އެތައް މުޒާހަރާތަކާއި ހިނގައިލުންތައް ދުނިޔޭގެ އެތައްމިތަނުގައި ރޭވިގެންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top