Close

ފިޔޯރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި

ގދ. ފިޔޯރީގައި ޔޫތު މިނިސްޓްރީއާއި އެރަށު ކައުންސިލާއި ގުޅިގެން ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމެންޓް (ފޭސް) ޖަމިއްޔާއިން ތަރައްގީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދެވެ. އަދި ރަސްމިއްޔާތުގައި ފިޔޯރީ ކައުންސިލުގެ މެންބަރުންނާއި ފިޔޯރީގައި ގާއިމްކުރެވިފައިވާ ސަރުކާތުގެ މުއައްްސަސާތަކުގެ އިސްވެރިންގެ އިތުރުން އެރަށުގައި ހަރަކާތްތެރިވާ އެހެނިހެން މަދަނީ ޖަމިއްޔާތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ކުޑަކުދިން ހީސަމާސާކޮށް އާއިލާތައް ހަވީރު ފިންޔަށް ގޮސް ތިބެލާނެ ރައްކާތެރި މާހައުލެއް ބިނާކުރުމުގެ މަޤްސަދުގައި ފެށި މަޝްރޫއު މިއަދު މިވަނީ ނިންމާލެވިފައެވެ. ފިޔޯރީ އެންމެ ހިންގުންތެރި  ފޭސް ޖަމިއްޔާއިން ދަނީ ރަށު ތަރައްޤީއަށް ގިނަގުނަ މަސައްކަތެއް ކުރަމުންނެވެ.

އޭގެ ތެރޭގައި  ފުޓްބޯޅަ އެކަޑަމީއެއް ހިންގުމާއި މިސްކިތްތައް ބެލެހެއްޓުން އަދި ޤުރުއާން ކުލާސްތައް ހިންގުން ފަދަ ކަންކަން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top