ގއ. ވިލިނގިލިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި އެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުންދިޔަ ވަގުތެއްގައި އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓު ފެނުމާ ގުޅިގެންނެވެ.
މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި ކޯޓަށް ހާޒިކުރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި 15 ދުވަހު ބެހެއްޓުމަށް މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ






