Close

އެމްޓީސީސީގެ ކަލަންޑަރުގައި މިޝްކާގެ ހުނަރާއި ނުފިލާނެ ފޮނި ހަނދާނެއް!

ފާތިމަތު މިޝްކާ އަކީ ރާއްޖޭގައި ކޮވިޑް19 ގައި އެންމެ ފުރަތަމަ ދުނިޔެ ދޫކޮށްފައިވާ ކުޑަކުއްޖާއެވެ.

އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ދުނިޔެ ދޫކޮށްފައި ވަނީ ކޮވިޑް19 ޖެހުނުތާ 7 ދުވަސް ފަހުން ކުއްލިއަކަށް ހާލު ދެރަވެ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށެވެ.

ހދ. ކުޅުދުއްފުށީ ލާޖަހާގޭ މިކްޝާ އަކީ ވަރަށް ހުނަރުވެރި ކުއްޖެއްކަން މިއަހަރަށް އެމްޓީސީސީން ހެދި ކަލަންޑަރުން ވެސް ފެންނަން އެބަހުއްޓެވެ. މިޝްކާ ނިޔާވުމުގެ ހިތާމައިގައި އެމްޓީސީސީން މިއަދު ކުރި ޓުވީޓުގައި މި ކުރެހުން ހިމަނައި އެ އާއިލާ އަށް ތައުޒިޔާ ކިޔައި ފައިވެ އެވެ.

އަދި މި ޓްވީޓްގައި "އަހަރެމެން މިޝްކާގެ ހަނދާން އަބަދުވެސް އާ ކުރާނީ ޖަވާހިރެއްގެ ގޮތުގައި،"

އެމްޓީސީސީން ލިޔެފައިވެ އެވެ

ކަލަންޑަރުގައި ޖުލައި މަހަށް ހާއްސަކޮށްފައި އޮތީ އެމްޓީސީސީން މިދިޔަ އަހަރު ހުޅުވާލި ކަލަންޑަ އާޓް ކޮމްޕެޓިޝަނަށް މިސްކާ ހުށަހެޅި ކުރެހުމެކެވެ.

މިޝްކާގެ މި ކުރެހުން ފެނިގެންދަނި ސިޓީއެއްގެ މަލަމައްޗެ އަދި އެމްޓީސީގެ ލޯންޗެއް ދުއްވާފައި ދާތަން ފެންނައިރު، ސިޓީގެ މަލަމަތިން އެމްޓީސީސީގެ އިމާރާތެއް ވެސް ފެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published.

scroll to top