Close

ކޮވިޑް ބަލީގައި ތިނަދޫން މީހަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި ގދ. ތިނަދޫން މީހަކު ނިޔާވެއްޖެ އެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކޮވިޑަށް ފަރުވާދެމުން ދިޔަ އުމުރުން 88 އަހަރުގެ ފިރިހެނަކު މިއަދު ފަތިހު 5:30 ހާއިރު ނިޔާވެފައިވާ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަން އެރަށުގައި ބޮޑުވެފައިވާ މިދުވަސް ވަރު މިއީ މި ބަލީގައި އެރަށުން ނިޔާވި ފުރަތަމަ މީހާއެވެ.

އެރަށުން މިހާތަނަށް 201 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު މިވަގުތު އެބަލީގައި ފަރުވާހޯދަމުންދާ މީހުންގެ ގޮތުގައި 56 މީހުން އެބަތިއްބެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ 3 މީހުން ތިނަދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު 3 މީހަކަށް ތިނަދޫ ކޮވިޑު ފެސިލިޓީގައި ދަނީ ފަރުވާދެމުންނެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ ބަލި ޖެހިފައިވާ 11 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. އެރަށުން ޖުމްލަ 145 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top