Close

އައްޑޫ ސިޓީ މީދޫގައި އެމްޓީސީސީން ތަރައްޤީކުރި ބަނދަރުގެ މަސައްކަތް ނިމިއްޖެ

އައްޑޫ ސިޓީ މީދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން  ތަރައްޤީ ކުރަމުން އައި ބަނދަރުގެ އަމަލީ މަސައްކަތް ނިމިއްޖެ އެވެ.

މިމަސައްކަތް ނިންމާލާފައިވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ. 36.5 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ 23 ޖޫން 2019 ވަނަ އަހަރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން، މީދޫ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި ލުމާއި، އެއްގަމު ތޮށި ވަށައިގެން 125،3 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރުގައި ރޭމްޕްއެއް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިންގހުކްސް ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީ ހާމަ ކޮށްފައިވާ ގޮތުގައި މި ބަނދަރު ވެގެންދާނީ އާންމުކޮށް ރާއްޖޭގައި ތަރައްޤީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިން އާއި ތަފާތު ހިތްގައިމު ބަނދަރެއްކަމުގައެވެ. މިގޮތުން ވާ އައްސާ ގުޅި ތަކުގެ އިތުރުން ވާ އައްސާނެ ބޮލާރޑް ވެސް ވަނީ ހަރުކުރެވިފައެވެ. އަދި ބަނދަރުގެ ޑިޒައިންކުރެވިފައިވަނީ ކުރިން މީދޫ ގައި ދިމާވި ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށެވެ.

މީގެ އިތުރުން، އެމްޓީސީސީގެ ފަރާތުން އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ މަޝްރޫޢު ތަކެއްގެ އަމަލީ މަސައްކަތް ތަކެއްދަނީ ކުރެވެމުންނެވެ. އެގޮތުން 237 މިލިއަން ރުފިޔާ ޚަރަދުވާނެމަޝްރޫޢު ގެ މަސައްކަތެއްކަމަށް ވާ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމާއި، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތާއި، ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމާއި، މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން ހިތަދޫގެ ކުރީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ގެ މަސައްކަތް ހިމެނެއެވެ.

އައްޑޫ ސިޓީ ތަރައްޤީގެ އިތުރު މަޝްރޫޢުތަކެއް ކައިރި މުސްތަޤުބަލެއްގައި ފެށުމަށް ވަނީ ރޭވިފައިކަމަށް އެމްޓީސީސީ އިން ހާމަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top