Close

އައްޑޫ ކައުންސިލް ބައްދަލުވުންތައް ބާއްވަނީ ވަރަށް ޝާހީ ގޮތަކަށް: ހިތާދޫ ކައުންސިލް މެންބަރު ރީޝާ

އައްޑޫ ކައުންސިލް ޖަލްސާތައް ލައިވް ކުރަނީ ބޮޑާކަން ދައްކަން ކަމަށްވިދާޅުވެ ބ. ހިތާދޫ ކައުންސިލް މެންބަރު އައިޝަތު ރީޝާ ފާޑުކިޔައިފި އެވެ.

ރީޝާ މިގޮތަށް ބުނެފައިވަނީ  ބ. ހިތާދޫގައި އެރަށު ކައުންސިލް ޖަލްސާތައް ލައިވް ކުރުމާ ގުޅޭގޮތުން ފޮނުވި ސިޓީއަށް ކައުންސިލް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަދި އޭނާ ވަނީ މިކަމާއި ގުޅޭގޮތުން ފޭސްބުކް އެކައުންޓްގައި ސްޓޭޓަސް އެއްވެސް ޖަހާފައެވެ.

ރީޝާ ބުނެފައިވަނީ އޭނާގެ ނަޒަރުގައި ޖަލްސާގެ ނިންމުންތައް ފޭސްބުކް ޕޭޖުން ފެންނަން ހުންނައިރު ލައިވްކުރުމަކީ ފޮނި ދެއްކުމާއި ބޮޑާކަން ހާމަ ކުރުން ކަމުގައެވެ.

"އައްޑޫ ކައުންސިލް ބައްދަލުވުންތައް ބާއްވަނީ ވަރަށް ޝާހީ ގޮތަކަށް، ކައުންސިލް ބައްދަލުވުންތައް އެގޮތަށް އާއްމު ކުރެވޭނެކަމަށް ގަބޫލް ނުކުރެވޭ"

ފާޑުކިޔަމުން އޭނާ ވިދާޅުވެފައިވެ އެވެ.

އެހެންނަމަވެސް އައްޑޫ ކައުންސިލް ޖަލްސާތައް ލައިވް ކުރުމާއި މެދު އެސިޓީގެ ރައްޔިތުން ދަނީ ފުރިހަމަ ތަރުހީބު ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top