ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކުގެ އުޞޫލުތަކުގެ ދެވަނަ އިޞްލާޙު އާންމުކޮށް އިއުލާން ކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާތަކަށް އެދޭ ފޯމާއި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ވަކި ދެ ފޯމެއްގެ ގޮތުގައި އޮތުމުން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އޮޅުންއަރާގޮތް ވަމުންދާތީ ސިވިލް ސަރވިސްގެ ހުރިހާ މަޤާމުތަކަށް ކުރިމަތިލާއިރު ބޭނުންކުރުމަށް އެއް ފޯމެއް ގެންގުޅުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ސިވިލް ސަރވިސް ކޮމިޝަނުން އަންގަވާފައިވާ ގޮތުގައި ޖޫން 3 ވަނަ ދުވަހުން ފެށިގެން މިއިސްލާހަށް ޢަމަލުކުރަން ފަށާނެ އެވެ.
ސިވިލް ސަރވިސްގެ އިދާރާތަކަށް އެ އިދާރާތަކުގެ މުވައްޒަފުން މި ސަރކިއުލަރއާއެކު ޢާންމުކޮށްފައިވާ އުޞޫލުތަށް އޮޅުންފިލުވާ އަހުލު ވެރި ކުރުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވެ އެއާ އެއްގޮތައް އަމަލު ކޮށް މުވައްޒަފުން ތަމްރީން ކުރުމަށް ވަނީ އަންގަވާފަ އެވެ.






