Close

އައްޑޫ ސިޓީގައި ފުރަތަމަ ޑޯޒް ހަމަކުރި %91، ދެވަނަ ޑޯޒް %50 

އައްޑޫ ސިޓީގައި އާބާދީގެ ބޮޑު އިންސައްތައެއް ކޯވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފި އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިން ހާމަ ކޮށްފައިވާގޮތުގައި ނިމިދިޔަ މޭ މަހުގެ ނިޔަލަށް 14050 މީހުން ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮއްފައިވާއިރު 7938 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ނިސްބަތުން ބަލާއިރު އެއީ ފުރަތަމަ ޑޯޒް ހަމަކުރި %91 އަދި ދެވަނަ ޑޯޒް ފުރިހަމަ ކުރި %50 މީހުން ހިމެނެވެ.

އެގޮތުން ކޮވިޝީލްޑް ވެކްސިންގެ 12517 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 7099 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮއްފައެވެ. ސިނޮފާމް ވެކްސިން ޖެހި މީހުންގެ އަދަދަކީ 1533 އަދި 839 މީޙުންވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ ގޮތުގައި ނިމިދިޔަ މޭ މަހުގެ ނިޔަލަށް ރާއްޖޭގައި 310,159 މީހުން ކޮވިޑް-19 ގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 167,757 ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މިގޮތުން މާލެ އަދި އަތޮޅު ތެރޭގައި ގިނަ އަދަދެއްގެ މީހުންދަނީ ވެކްސިން ފުރިހަމަ ކުރަމުންނެވެ.

ރާއްޖޭގައި މުޅިއެކު 251 ވެކްސިން ސެންޓަރު ހުރެއެވެ. އަތޮޅު ތެރޭގައި 240 ސެންޓަރު އަދި މާލެ ސަރަހައްދުގައި 11 ސެންޓަރު ވަނީ ގާއިމް ކުރެވި ފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top