Close

ތިނަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 100 އާއި ގާތަށް

ތިނަދޫގައި ކޮވިޑް-19އަށް  ޕޮޒިޓިވް ވެފައި  ވާ  މީހުންގެ އަދަދު ވަނީ 100 އާ ގާތަށް އަރާފައެވެ. އެ ގޮތުން ޕޮޒިޓިވްވެފައިވާ 76 މީހުން އެރަށުގައި އެބަތިއްބެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫ އިން މިއަދު ވަނީ 18 މީހުންގެ ނަތީޖާ ލިބި އޭގެ ތެރެއިން 5 މީހުން  ޕޮޒިޓިވްވެފައެވެ.

ތިނަދޫގައި މެއި މަހުގެ 30 ހުން ފެށިގެން އިއްޔެގެ ނިޔަލައް ބަލިން ގިނަބަޔަކު ރަންގަޅުވެ  ޕޮޒިޓިވްވި  މީހުންގެ އަދަދު ވަރަށްބޮޑަށް ދަށް ކުރެވިފައި ވީނަމަވެސް އިއްޔެ 18 މީހުން  ޕޮޒިޓިވްވެ ޖުމްލަ އަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ.

ތިނަދޫގައި މިހާތަނަށް 224 މީހުން  ޕޮޒިޓިވްވެފައި ވާއިރު 153 މީހަކުވަނީ ބަލިން ރަނގަޅުވެ ފައެވެ.

މައުލޫމާތު ލިބިފައިވާޮތުގައި އެރަށުގައި 119 ގެއެއް ކަރަންޓީން ކުރެވިފައެވެ. އަދި 245 މީހުން ވަނީ ހޯމް ކަރަންޓީން ކުރެވިފައެވެ.

ރަށުގެ ބަލިހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ރެޕިޑް ރެސްޕޯންސް ޓީމުން ދަނީ ރަށުތެރެ ގައި ރެންޑަމް ސާމްޕަލްތަކެއް ނަގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top