Close

އައްޑޫގައި "ފެހި ރުއް ގަހުން" ތިމާވެށީގެ ދުވަސް ފާހަގަ ކޮށްފި

ފެހި ރުއްގަހުން އައްޑޫގައި ރާއްޖޭގެ ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫ ސިޓީގެ ކައުންސިލުން އިސްނަގައިގެން ނޭޗަރ ޕާާކު އަދި އީޕީއޭ އާ ގުޅިގެން ވަނީ 100,000 ރުއް އިންދުމުގެ ޕޮރޮގްރާމެއް ފަށާފާއެވެ.

ރުއް އިންދުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު އައްޑޫ ނޭޗަރ ޕާާކު ގައެވެ. މިރަސްމިއްޔާތު ފައްޓަވައިދެއްވީ މޭޔަރ އަލީ ނިޒާރު އެވެ. ރުއް އިންދުމުގައި ރަށުގެ ކައުންސިލް ގެ މެންބަރުން ވަނީ އަމަލީ ގޮތުން ބައިވެރިވި ވެފައެވެ.

މިއަހަރު ރާއްޖޭގެ ސަރުކާރުގެ އަމާޒަކީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ތަޙައްމަލު ކުރެވޭފަދަ، ފަންވަރު ހުރި އުމްރާނީ ތަރައްޤީ ރާއްޖެއަށް ގެނައުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އައިމިނަތު ޝައުނާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ އައްޑޫގެ ކައުންސިލް އަދި ރައްޔިތުން ގުޅިގެން ކޮންމެ އަހަރަކުވެސް ދަނީ އެކި ޕްރޮގްރާމްތައް ރާވާ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top