Close

ފުވައްމުލަކުން އިތުރު 14 މީހަކު ޕޮޒިޓިވް ވެއްޖެ

ފުވައްމުލަކުން އިއްޔެ އިތުރު 14 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށް ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދޭގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭ ފުވައްމުލަކުން އިތުރު 14 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ކޭސްތަކުގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދެއްކި ތިން މީހަކާއި، ކޮންޓެކްޓް ޓްރޭސިން އިން ނެގި 10 މީހެއްގެ އިތުރުން ރެންޑަމް ސާމްޕަލްގެ ތެރެއިން ނެގުނު 13 މީހެއްގެ ސާމްޕަލް ކަމަށެވެ. މީގެތެރޭގައި ހިމެނެނީ 12 ދިވެހިންނާއި 14 ބިދޭސީންނެވެ.

އިއްޔެގެ ކޭސްތަކާއެކު ފުވައްމުލަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 199 އަށް އަރާފައެވެ. އަދި އިއްޔެ 30 މީހަކު ވަނީ ފުވައްމުލަކުން ރަނގަޅުވެފައެވެ.

ކޮވިޑްގެ ނުރައްކާ ފުވައްމުލަކުގައި ބޮޑުވެފައިވާތީ އެ ރަށުގައި އަންނަނީ ހަވީރު 4 އިން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top