Close

އައްޑޫގެ ވިސްނުމަކީ އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފަ ނުވާ ވިސްނުމެއް: ރައީސް ނަޝީދު

އައްޑޫގެ ވިސްނުމަކީ އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފަ ނުވާ ވިސްނުމެއްކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވީ މިއަދު އައްޑުގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގަ އެވެ.

މިޓުވީޓުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އައްޑޫ ވިސްނުމަކީ އަބަދުވެސް ދުނިޔެ އަށް ހުޅުވިފައިވާ ވިސްނުމެއްކަމަށެވެ.

"އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފަ ނުވާ ވިސްނުމެއް. އައްޑޫ ގައި އިންޑިއަ ކޮންސިއުލެޓް އެއް ގާއިމް ކުރުމުގެ ސަބަބުން އައްޑޫއަށް ވެސް އަދި ރާއްޖެ އަށް ވެސް ލިބޭން އޮތީ ފައިދާ"

ރައީސް ނަޝީދުގެ ޓުވިޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު އިދިކޮޅު ފަރާތްތަކުން އަންނަނީ އައްޑޫގައި ކޮންސިއުލޭޓް އެއް ގާއިމްކުރުމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

މޭ 24 ވަނަ ދުވަހު ބޭއްވި އިންްޑިއާގެ ޔޫނިއަން ކެބިނެޓް ބައްދަލުވުމެއްގައި ވަނީ އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން އިންޑިއާގެ އެމްބަސީން ބުނީ ކެބިނެޓުން އެ ނިންމުން ފާސްކުރި ނަމަވެސް އެއީ އަދި ވިސްނުމެއްގެ ގޮތުގައި އޮތް ކަމެއް ކަމަށާއި އެއީ އަދި ފައިނަލް ނިންމުން ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ދިވެހި ސަރުކާރުގެ ވެސް ހުއްދަ ބޭނުންވާނެ ކަމަށް އެމްބަސީން ބުނެއެވެ.

އިންޑިއާއިން އައްޑޫގައި ގާއިމުކުރަން މަސައްކަތް ކުރަމުންދާ ކޮންސިއުލޭޓް އޮފީހާއި ދެކޮޅަށް ވަނީ "ސޭވް އައްޑޫ" ކެމްޕޭނެއްވެސް ފަށާފަ އެވެ.

އިންޑިއާގެ ކޮންސިއުލޭޓާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފަހުން ވިދާޅުވެފައިވަނީ، އެ ނިންމުމަކީ އިންޑިއާގެ ނިންމުމެއް ކަމަށާއި، އެކަމުގައި ދިވެހި ސަރުކާރުން ގޮތެއް ނުނިންމާކަމަށެވެ. އަދި ޑިޕްލޮމެޓިކް ކަންކަމުގައި ގޮތް ނިންމޭނީ މަޝްވަރާ ކޮށްގެން ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top