Close

ފޭސްބުކް އިން ޓްރަމްޕްގެ އެކައުންޓު ދެ އަހަރަށް ސަސްޕެންޑް ކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް އިން އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ އެކައުންޓު ދެ އަހަރު ދުވަހަށް ސަސްޕެންޑް ކޮށްލައިފިއެވެ.

ފޭސްބުކް އެކައުންޓާއެކު އޭނާގެ އިންސްޓަގްރަމް އެކައުންޓުވެސް މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ. މި ދެ ޕްލެޓްފޯމަކީވެސް އެއް ކުންފުންޏެއްގެ ދަށުން ހިންގަމުން އަންނަ ދެ ޕްލެޓްފޯމެވެ.

ޓްރަމްޕުގެ އެކައުންޓް ސަސްޕެންޑްކޮށް ފެސްބުކް އިން ނެރުނު ބަޔަނުގައި ބުނީ ޓްރަމްޕް ވަނީ އެ ޕްލެޓްފޯމުގެ ގައިޑްލައިންތަކާ ހިލާފުވެފައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ އެއީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާއަށް ވޯޓު ދިން އެންމެނަށް ކުރި މަލާމާތެއް ކަމަށެވެ. އަދި އެއީ އޭނާގެ އަނގަ ބަންދު ކުރަން ކުރި ކަމެއް ކަމަށާއި އެފަދަ އެބިއުސްތަކާ ދެކޮޅަށް އެންމެންވެސް މިޙަރު ތެދުވާން ޖެހޭ ކަމަށެވެ.

ފޭސްބުކް އިން މިހާރު ވަނީ ސިޔާސީ މީހުން އާއްމު ކުރާ މައުލޫމާތުތަކަށް ބަލައި މުޖުތަމައުގައި ހަމަނުޖެހުން އުފައްދާނަމަ އެ އެކައުންޓުތައް ސަސްޕެންޑް ކުރަމުންނެވެ. މިގޮތުން ސަސްޕެންޑު ކުރި އެންމެ ފުރަތަމަ އެކައުންޓަކީ ވެސް ޓްރަމްޕުގެ އެކައުންޓެވެ.

ޓްވިޓާއިންވެސް ޓްރަމްޕްގެ އެކައުންޓު އެކި ފަހަރުމަތިން ސަސްޕެންޑް ކުރިއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top