Close

މާމެންދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސްއަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

ލ.މާމެންދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސްއަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި އެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ ލ.މާމެންދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސްއަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން މެންބަރު ސިރާޖް ބުނެފައިވަނީ މާމެންދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ނިމުނުހާ އަވަހަކަށް ޓާފް އެޅުމުގެ މަސައްކަތް ފެށިގެން ދާނެކަމަށްވެސް ބުނެފައިވެ އެވެ.

މެންބަރު ސިރާޖްގެ މި ޕޯސްޓް ޝެއާރކޮށް އެރަށުގެ ޒުވާނަކު ބުނެފައިވަނީ މިއީ ޒަމާނުއްސުރެއް މާމެންދޫގެ ޒުވާނުން ކުރަމުން އައި އުންމީދެއް ކަމަށެވެ. އަދި މާމެންދޫގެ މިހާރުގެ ކައުންސިލުން މި މަސައްކަތަށް ދެއްވާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮއްފައިވެއެވެ. މީގެ އިތުރުން މާމެންދޫގެ ކުރީގެ ކައުންސިލްއިން ވެދެއްވި އެހީތެރިކަންވެސް ފާހަގަކޮށް ޝުކުރު އަދާކޮއްފައިވެއެވެ. އަދި މެންބަރު މޫސާ ސިރާޖަށް ވަނީ ހާއްސަ ޝުކުރެއް އަދާކޮއްފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top