"ސޭވް އައްޑޫ" އަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ސްލޯގަނެއް ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
މެންބަރު ނިހާދު މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބު ކައިރިވާވަރަކަށް މިފަދަ އަޑުތައް ގަދަވާނެ ކަމަށެވެ.
މީގެ އިތުރުން މެންބަރު ނިހާދުގެ ޓުވީޓުގައި ވަނީ މި އީ އިދިކޮޅު ފަރާތްތަކުން އުފައްދާ ފިތުނައެއް ކަމަށް ސިފަކުރަށްވާފަ އެވެ. އަދި މި ފިރުނަ ުފައްދަނީ ކިތައް މިލިއަން ދީގެން ތޯ ވަނީ ސުވާލު އުފައްދަވާފަ އެވެ.
އަދި މި ކެމްޕޭނަށް ބޭނުން ކުރަނީ ކުރީ ސަރުކާރުން ވަގަށް ވެއްދި ފައިސާތޯ ނުވަތަ ގައުމުގެ ފައިސާތޯ ސުވާލު އުފައްދަވާފައެވެ.
#SaveAddu akee Sarukaaraai idhikolhu faraaih thakun gengulhey campiagn slogan eh! Riyaasee Inthihaab kairivaa varakah Mifadha adu thah Gadhavaane! Kithah million dheegen baa mi fithuna eh mi higanee? Beynun kuranee Eyru vagah vehdhi faisaa or e gaumuge faisaa baa? Saafu vaane!
— Feydhoo Meehaa (Mohamed Nihad) (@nihad_m) June 5, 2021






