މިއަދު އައްޑޫގައި ނެގި 124 ސާމްޕަލްއިން 1 ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ.
އައްޑޫ ސިޓީ އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައްޑޫ ސިޓީގެ ޖުމްލަ އަދަދު 309 އަށް އަރައިފި އެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ ފޭދޫގެ މީހެކެވެ.
މިވަގުތު ޕޮޒިޓިވް ކޭސްތަށް ފެނިފައިވާ އަވަށްތަކުގެ ތެރޭގައި ހިތަދޫގެ 71 މީހުން މަރަދޫގެ 8 މަރަދޫފޭދޫގެ 2 ފޭދޫ 3 ހުޅުދޫގައި 26 މީދޫ 1 އަދި ސައުތު ޕާމް ރިސޯޓުން އެކަކެވެ.
ކޮވިޑް -19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު 8 މީހުން ރަންގަޅުވެ ޖުމްލަ އަދަދު ވަނީ 195 އަށް އަރާފައެވެ.
ހޮސްޕިޓަލްގައި މިވަގުތު ތިން މީހަކަށް ފަރުވާ ދެމުން ދާއިރު މިބަލީގައި އައްޑޫން މަރުވެފައި ވަނީ 2 މީހުންނެވެ.






