ފުވަށްމުލަކު ހޮސްޕިޓަލުގެ ހައުސްކީޕިން ޑިޕާޓްމެންޓްގައި މަސައްކަތްކުރަމުންދާ ހުރިހާ މުއައްޒަފުން އެކީގައި އައިސޮލޭޝަނަށް ފޮނުވާލައިފި އެވެ
ފުވަށްމުލަކު ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި އެހޮސްޕިޓަލު ހައުސްކީޕިންގ ޑިޕާޓްމެންޓްގައި މަސައްކަތްކުރަމުންދާ އެންމެން އެކީގައި ވަނީ އައިސޮލޭޝަނަށް ފޮނުވާލަންޖެހިފަ އެވެ. އަދި ބަދަލުގައި ގެނެވޭ މީހުންގެ ތެރެއިންވެސް ޑައިރެކްޓް ކޮންޓެކްޓުވެފައިވާ ފަރާތްތައް ފެނި އެ ހޮސްޕިޓަލުގެ މަސައްކަތްތަކަށް އަރާފައިވާކަމަށެވެ.
"ކޮވިޑް19އިގެ ބަލިމަޑުކަމުގެ ކުރީސަފުގައި އެންމެ ނުރައްކާތެރި ހާލަތާއި ކުރިމަތިލަނީ އަޅުގަނޑުމެންގެ މުވައްޒަފުން"
އެހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެ އިތުރުން މުވައްޒަފުން މަސައްކަތްކުރަނީ ގޮންޖެހުންތައް ގިނަ މާހައުލެއްގައިކަމަށާއި މަދު ވަޞީލަތްތަކާއެކު މަސައްކަތް ކުރަމުންދާއިރު ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ ނުވަތަ ޑިރެކްޓް ކޮންޓެކްޓުންނަށް ވެގެންދާކަމަށް ބުނެފައިވެއެވެ.
އެއާއިއެކު ހޮސްޕިޓަލުގެ އިދާރީ މުވައްޒަފުންގެ ޓީމުތަކުންވަނީ އެ ޓީމެއް މަސައްކަތްކުރާ އޮފީސް އޭރިއާ އަމިއްލައަށް ސާފުކުރުމަށް ކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި އެޓެންޑެންޓުންނާއި ސެކިއުރިޓީންނަށްވެސް އެތައްގުނައެއް މަސައްކަތުގެ ލޯޑް ބޮޑުވެގެން ދިޔަކަން ފާހަގަކޮށްފައިވެއެވެ.
އެހޮސްޕިޓަލުގެ މުވައްޒަފުން 24 ގަޑިއިރު ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތާއި ފޫހިކަމެއްނެތި ދައްކަވާ ހިތްވަރަށް އެހޮސްޕިޓަލުން ވަނީ ސާބަސް ދީފަ އެވެ.







