ހުކުރު ދުވަހުގެ ނިޔަލަށް ލާމުު އަތޮޅުގައި ކޮވިޑް-19ގެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 451 އަށް އަރައިފި އެވެ.
ހުކުރު ދުވަހު ލާމު އަތޮޅުގެ އިތުރު 5 ރަށަކުން 18 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
މިވަގުތު ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށްތަކުގެ ތެރޭގައި ގަމުން 80 ކޭސް، މާންދޫ އިން 08 ކޭސް، އިސްދޫ އިން 113 ކޭސް، ކަޅައިދޫ އިން 62 ކޭސް، ފޮނަދޫ އިން 18 ކޭސް، ހިތަދޫ އިން 5 ކޭސް، ކުނަހަންދޫ އިން 2 ކޭސް، މާމެންދޫ އިން 19 ކޭސް އަދި މާވަށުން 144 ކޭސްއެވެ. މިވަގުތު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް މީހުން ތިބީ މާވަށުގައެވެ.
އަންގާރަ ދުވަހު ޖުމްލަ 11 މީހުން ވަނީ މި ބަލިން ފަސޭހަ ވެފައެވެ.
ލާމު އަތޮޅުގައި ކޮވިޑް-19ގެ ޝިކާރައަކަށްވެ 40 މީހަކު ވަނީ ނިޔާވެފައެވެ.
އަތޮޅު ތެރޭގައި ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ލ.ގަން ރީޖަނަލް ހޮސްޕިޓަލުން ދޭތެރެ ދޭތެރެއިން ދަނީ ސަސްޕެންސް ސާމްޕަލް ތަކެއް ނަގަމުންނެވެ.






