އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ޕްލޭނިންތަކުގެ ތެރެއިން 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ އިންޑިއަން އގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން މަޝްރޫޢުގެ އީ.އައި.އޭ ކޮންސަލްޓެންޓް، ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެކު އައްޑޫ ސިޓީ ކައުންސިލުން ވަނީ މިއަދު މަޝްވަރާކުރައްވާފައެވެ.
އައްޑޫ ކައުންސިލް އިން ހާމަ ކުރައްވާފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ހިތަދޫގެ ޒޯން 1 އިން 50 ހެކްޓަރ، ޒޯން 2 އިން 40 ހެކްޓަރ، ހުޅުދޫ މީދޫން 38 ހެކްޓަރ، މަރަދޫ / މަރަދޫފޭދޫން 75 ހެކްޓަރ އަދި ރިސޯޓުތައް ތަރައްޤީ ކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އައްްްްޑޫ ސިޓީ ގެ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އެ އަތޮޅު ކައުންސިލުން ދަނީ މިފަދަ އެތައް މަޝްރޫޢު ތަކުގެ ޕްލޭނިންގް ތަކެއްކޮށް ކާމިޔާބީ އަކާ ހަމައަށް ވާސިލް ވަމުންނެވެ.