ފުވައްމުލަކުގައި ކޮންޓެކްޓް ޓްރޭސިންގެ ގިނަ ބަޔަކުު ޕޮޒިޓިވް ވެއްޖެއެވެ.
ފުވައްމުލަކުގައި އިއްޔެ ކޮންޓެކްޓް ޓްރޭސިންގް އިން ނެގި ސާމްޕަލް ތަކުގެ ތެރެއިން ގިނަ ބަޔަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ފުވައްމުލަކުން އިއްޔެވަނީ 25 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިވަގުތު ފުވައްމުލަކުގައި 204 އެކްޓިވް ކޭސް އެބައުޅެއެވެ.
އިއްޔެ ޕޮޒިޓިވް ވެފައި ވަނީ ކޮންޓެކްޓް ޓްރޭސިން އިން ނެގި 22 މީހަކާއި ރެންޑަމް ސާމްޕަލްގެ ތެރެއިން ނެގި ދެމީހަކާއި ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށް ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަ ކޮއްފައިވެއެވެ.
ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަ ކޮއްފައިވާގޮތުގައި ފުވައްމުލަކު އާންމު ރައްޔިތުންގެ އިތުރުން އެރަށުގައި އުޅޭ ބިދޭސީން ޕޮޒިޓިވް ވާ މިންވަރު ދަނީ އިތުރުވަމުންނެވެ. އިއްޔެގެ ރެކޯޑަށް ބަލާއިރުވެސް 13 ދިވެހިންނާއި 12 ބިދޭސީން ވަނީ ޕޮޒިޓިވް ވެފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ފުވައްމުލަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ރަށުގައި އަންނަނީ ހަވީރު 4 އިން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ހިންގަމުންނެވެ.






