Close

ހުޅުމާލެ ނެއިބަހުޑްތަކުގައި ޕާކެއް ހިމެނޭގޮތަށް ހެދިކާ ޓެންޓް ތަކެއް އިމާރާތްކުރަނީ

ހުޅުމާލޭއި ހެދިކާ ވިއްކުމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން އެޗްޑީސީ އިން ވަނީ ޓެންޓް ތަކެއްް މަޝްރޫޢު އެއް ފަށާފައެވެ.

ހުޅުމާލޭ ޑިވެލޮޕްމަންޓް ސެންޓަރ( އެޗްޑީސީ) އިން ވަނީ ހުޅުމާލެ ނެއިބަހުޑްތަކުގައި ޕާކެއް ހިމެނޭގޮތަށް ހެދިކާ  ޓެންޓް ތަކެއް އިމާރާތްކުރަން ނިންމާފައިވެއެވެ.

އެޗްޑީސީ އިން ހާމަ ކޮއްފައިވާ ގޮތުގައި މި މަޝްރޫޢު ނިމުމުން، މިހާރު ހުުޅުމާލޭގައި ހެދިކާ ވިއްކުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަަކަށް ހެދިކާ ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގަ އެވެ.

މި ޕާކު ތަކާއި ޓެންޓް ތައް ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ނެއިބަހުޑް 1 2 އަދި 3 ގެ ސަރަހައްދު ތަކުގަ އެވެ.

ހުޅުމާލޭގައި ގިނަ  އަދެއްގެ ބަޔަކު ދަނީ މި ވިޔަފާރި ކުރަމުންނެވެ. އެގޮތުން އެޗްޑީސީ ގެ މި  ވިސްނުމަކީ ހެދިކާ ވިއްކާ ފަރާތްތަކަށް މަންފާ ކުރާނޭ ކަމެއްކަމުގައި އާންމުން ދަނީ  ހިޔާލު ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top