Close

ޖެންސެން ވެކްސިނާއި މޮޑާނާ ވެކްސިން ޖެހުމުގެ ހުއްދަ ރާއްޖެއަށް ދީފި

ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމަށް އުފައްދާފައިވާ މޮޑާރނާ އަދި ޖެންސެން ވެކްސިން ބޭނުންކުރުމުގެ ހުއްދަ ރާއްޖޭގައި ދީފިއެވެ.

އެމްއެފްޑިއޭ އިން ބުނި ގޮތުގައި މި ދެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ މިހާރުގެ ހާލަތަށް ބަލައި، "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖަންސީ ސިޓުއޭޝަން" ގައި ބޭނުންކުރުމަށެވެ.

ދެ ވެކްސިނަށް ވެސް ހުއްދަދީފައި ވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށެވެ.

އެމްއެފްޑީއޭ އިން ބުނީ، މި ދެ ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފައި ވަނީ މިކަމުގައި ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކުރުމަށް ފަހު، ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލައި ފުރިހަމައަށް ދިރާސާކޮށް، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާމަސޫޓިއަލް ބޯޓުގެ ލަފަޔާ މަޝްވަރާގެ މަތިން ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ޖެންސެން ވެކްސިނާއި މޮޑާނާ ވެކްސިނަކީ ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖަންސީ ޔޫސް ލިސްޓުގައި ހިމެނޭ ވެކްސިނެކެވެ. ޖެންސަން ވެކްސިން، 42 ގައުމެއްގައި އަދި މޮޑާނާ ވެކްސިން 49 ގައުމެއްގައި އަންނަނީ ބޭނުންކުރަމުންނެވެ.

އެ އޮތޯރިޓިން ބުނި ގޮތުގައި މި ދެ ވެކްސިން ބަލަހައްޓަން ޖެހެނީ މައިނަސް 25 ޑިގްރީ ސެލްސިއަސް އާއި މައިނަސް 15 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނެއްގަ އެވެ.

އެ އޮތޯރިޓީ އާއި ހެލްތު މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. އާންމުކޮށް ކޮންމެ ވެކްސިނަކީ ވެސް އެ ވެކްސިނެއް ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ރިއެކްޝަނެއް ނުވަތަ ސައިޑް އިފެކްޓްސްތަކެއް އައުމުގެ ފުރުސަތު އޮންނަ އޮންނަ އެއްޗަކަށް ވާތީ އެ އޮތޯރިޓީ އާއި ކަމާބެހޭ އެހެން ހުރިހާ އިދާރާއެއް ގުޅިގެން އެ ކަންކަން ވެސް ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް ބުނެފައިވެ އެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑް ބަލިން ދިފާއުވުމަށް ހުއްދަ ދީފައިވާ ވެކްސިންގެ އަދަދު ހަޔަކަށް އެރީ އެވެ. މިވަގުތު އިންޑިއާގެ ކޮވިޝީލްޑް އާއި ޗައިނާގެ ސިނަފޯމް، އަދި އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ފައިޒާ ވެކްސިނާއި ރަޝިއާގެ ސްޕަޓްނިކް ވީ އަށް ވެސް އެމްއެފްޑީއޭ އިން ހުއްދަދީފައިވެ އެވެ.

މިއަދު ހުއްދަ ދިން ދެ ވެކްސިނާ އެކު ސްޕަޓްނިކް ވީ ފިޔަވައި އިތުރު އެހެން ވެކްސިންތައް މިވަގުތު ވެސް ރާއްޖޭގައި ދަނީ ބޭނުންކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top