Close

ގއ. ވިލިނގިލީގައި ޑައިރެކްޓް ކޮންޓެކްޓުން ގިނަވެ އިތުރު ގޮންޖެހުމެއް!

ގއ. ވިލިނގިލީގައި ގިނަ އަދަދެއްގެ ޑައިރެކްޓް ކޮންޓެކްޓުން ގިނަވެ އެރަށުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުންއަންނަ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު ބުނެފައިވަނީ ހުކުރުދުވަހު ގއ.ވިލިނގިލިން  11 މީހުން ޕޮޒިޓިވް ވެފައިވާކަމަށެވެ. އޭގެ ތެރެއިން 5 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންނެވެ. އަދި މި 5 މީހުންނަކީ ކުރިން އެރަށުން ޕޮޒިޓިވްވި ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ތަކެއް ކަމަށެވެ.

ވިލިނގިލީގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ތަކެއްވެސް ދަނީ ނަގަމުންނެވެ.

ހުކުރު ދުވަހު ނެގި ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން 6 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ފައްސިވި 6 މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ފެށިފައި ވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޝަރީފް ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު ޖުމުލަ 164 ސާމްޕަލްތަކެއް ވަނީ ނެގިފައިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top