Close

ކުޑަ ވިލިނގިލި ރިސޯޓް ހުޅުވައިިފި

ކ. އަތޮޅު އުތުރުގައި އޮންނަ ކުޑަ ވިލިނގިލި ރިސޯޓް ހުޅުވައިި ހިދުމަތް ދޭން ފަށައިފި އެވެ.

130 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރި ކުޑަ ވިލިނގިލި ރިސޯޓު މޯލްޑިވްސް ހުޅުވާފައި ވަނީ އިއްޔެ އެވެ. ރިސޯޓު ހުޅުވައިދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރެވެ.

ކުޑަ ވިލިނގިލި ތަރައްގީކޮށްފައިވަނީ އިންޑިއާގެ އެމްފާ ގްރޫޕުންނެވެެ. މި ރިސޯޓުގައި 59 ބީޗް ވިލާ އާއި 36 މޫދު ވިލާ ހުރެ އެވެ. ޖުމްލަ 95 ވިލާ ހުރި މި ރިސޯޓު ފަރުމާ ކުރުމުގައި އޭޝިއާގެ ކުލަވަރުގެ އިތުރުން ރާއްޖޭގެ އާޓް ބޭނުން ކޮށްފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 30 މިނެޓުން ދެވޭ މި ރިސޯޓަކީ ހަނީމޫނަށް ރާއްޖެ އަންނަ މީހުންނަށާއި ލޯބިވެރިންނަށް އަދި އާއިލާތަކާއި ރައްޓެހިންނަށް ވެސް ހާއްސަ ރިސޯޓެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top