Close

ހިތަދޫ ވިދުވަރު ދޯނީގެ ހަދިޔާ ފަރެސްމާތޮޑާގެ ރައްޔިތުން ބަލައިގަތީ އުފަލާއެކު

ހިތަދޫ "ވިދުވަރު-1" ދޯނީގެ ހަދިޔާ ފަރެސްމާތޮޑާގެ ރައްޔިތުން ބަލައިގަތީ އުފަލާއެކުގައެވެ. ވިދުވަރު ދޯނީގެ ކެޔޮޅާއި ފަޅުވެރިންގެ ހިތްހެޔޮ ކަމުގެ މިސާލެއް ދައްކަމުން އެ ދޯނިން ފަރެސްމާތޮޑާގެ ރައްޔިތުންނަށް 1800 ކިލޯގެ މަސް ވަނީ ހަދިޔާ ކޮށްފައެވެ.

ގދ.ފަރެސްމާތޮޑާ އަކީ މަސްވެރިކަމަށް ކުޅަދާނަ މަސްވެރިކަން ހެޔޮ ރަށެއް ކަމުގައިވިއަސް ގިނަ ގެތަކެއްކަރަންޓީނު ކޮށްފައި އޮތުމާއި ގުޅިގެން މަސްވެރިން މަހަށް ނުފުރި ރަށުގެ ގިނަ ގެތަކުން މިވަގުތު ވަނީ މަސް ހުސްވެފައެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ މުހައްމަދު ހިއްސާ ކޮށްފައިވާގޮތުގައި އެރަށުގައި 70 ވަރަކަށް ގެ މޮނިޓަރިންގް އަށް ލާފައިވުމުން ރަށުގެ ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ.

ރަށުގެ ރައްޔިތުންގެ ހާލަތު ދެނެގަނެ އެފަދަ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާތީ އެކަން ބަލައިގަނެ ވިދުވަރު-1 ދޯނީގެ ކެޔޮޅު ނަސްރު އަށާއި ދޯނީގެ ހުރިހާ ފަޅުވެރިންނަށް ފަރެސްމާތޮޑާގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ޝުކުރު ދަންނަވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top