ލ.މަވަށުގައި އިއްޔެ 13 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެެފައިވާކަމަށާއި ނަތީޖާ ނުލިބޭ 80 ސާމްޕަލް ހިމެނޭކަމަށް އެރަށު ކައުންސިލުން ހާމަކޮށްފި އެވެ.
އެރަށު ކައުންސިލުން ހާމަކޮށްފައިވާގޮތުގައި އެ ރަށުތެރޭގައި ބަލި ކޮންޓްރޯލް ނުކުރެވި އެކްޓިވް ކޭސް ތަކުގެ އަދަދު ވަނީ 248 އަށް އަރާފައެވެ.
ހޮނިހިރު ދުވަހު މާވަށު ކައުންސިލުން އާންމު ކޮށްފައިވާ ގޮތުގައި އެދުވަހު 49 މީހުން ބަލިން ރަނގަޅު ވެފައިވެއެ. އަދި 80 ސާމްޕަލްގެ ނަތީޖާ ނުލިބެ އެވެ.
މިވަގުތު ރަށުގައި ކަރަންޓީން ކުރެވިފައިވަނީ 56 ގެއެކެވެެ.
މާވަށުގައި 124 މީހުން މިހާރު މިބައްޔަސް ފަރުވާ ހޯދަމުންދާ އިރު 3 މީހުންނަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.






