ފުވައްމުލަކު ސިޓީގެ އަވަށްތަކުގައި ކޮވިޑު19 ގެ ކޮންޓްރޯލެއް ނެތި ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ.
އިއްޔެ ފުވައްމުލަކުން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 215 ވަނީ އަށް އަރައިފަ އެވެ. ޕޮޒިޓިވް ވެފައިވަނީ 3 ބިދޭސީންނާއި 14 ދިވެހިންނެވެ.
މިވަގުތު ވެސް ދަނޑިމަގުން 12 ކޭސް، ދިގުވާނޑުން 34 ކޭސް، ހޯދަޑުން 45 ކޭސް، މާދަޑުން 34 ކޭސް، މިސްކިތްމަގުން 32 ކޭސް، މާލެގަން 3 ކޭސް، ފުނާޑު 36 ކޭސް އަދި ދޫނިގަން 24 ކޭސް އެކްޓިވް ކޭސްތަކުގެ ގޮތުގައި ފުވައްމުލަކުގައި އެބަތިއްބެވެ.
ފުވައްމުލަކުގައި ޕޮޒިޓިވްވެެެފައިވާ މީހުން ތަކުގެ ތެރެއިން 6 މީހަކު ވަނީ އިއްޔެ ރަނގަޅުވެފައެވެ. މިހާތަނަށް 606 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް އޭގެ ތެރެއިން 392 މީހުން ވަނީ މިހާތަނަށް ރަނގަޅުވެފަައިކަން އިއްޔެ ނެރުނު ތަފާސްހިިސާބުން ދައްކައެވެ.
ފުވައްމުލަކުގައި އިއްޔެ ނެރުނު މި ތަފާސް ހިސާބަށް ބަލާއިރު ފުވައްމުލަކުން މިހާތަނަށް 13261 ސާމްޕަލްތަކެއް ނެގިފަައި ވީއިރު ނަތީޖާ ނުލިބޭ 173 ސާމްޕަލް ހިމެނެއެވެ.އަދި 527 ގެ ވަނީ މޮނިޓަރިންގް އަށް ލެވިފައެވެ.
ފުވައްމުލަކުގައި މި ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭ ގެ ގަވައިދު ތަކަށް ބޯލެނބުމަށް ފުވައްމުލަކު ހޮސްޕިޓަލް އަދި ކައުންސިލުން ދަނީ ނަސޭހަތްތެރި ވަމުންނެވެ.







