Close

ގެންނަން އުޅޭ އިސްލާހުގައި ނަފްރަތުގެ އަމަލަކީ ކޮބައިކަން ޞަރީހަކޮށް ބަޔާންކުރަން ޖެހޭ: ޑރ. ޝަހީމް

ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި ގާނޫނޫލް އުޤޫބާތަށް ގެންނަން އުޅޭ އިސްލާހުގައި ނަފްރަތުގެ އަމަލަކީ ކޮބައިކަން ޞަރީހަކޮށް ބަޔާންކުރަން ޖެހޭކަމަަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވަނީ ޢަދާވާތްތެރިކަން ކުޑަ މުޖުތަމަޢެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ މަގު ކަމަށާއި އިސްލާމީ ނަޒަރިއްޔާތުގެ އަލީގައި "ވެލިއުސް އެންޑް އެތިކްސް" ތަޢުލީމީ މަންހަޖުގެ ތެެރެއިން އުނގަންނައިދީ އެކަކު އަނެކަކަށް އިޙުތިރާމްކުރާން ދަންނަ ފިކުރީ ގޮތުން ވަޒަން ހަމަ ޝަޚުޞިއްޔަތެއް ބިނާކުރަން ޤައުމީ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ޑރ.ޝަހީމް އިތުރަށް ވިދާޅުވީ، މުޖުތަމަޢުގައި ހުންނަ ފިކުރީ، އިޖުތިމާޢީކަންކަން ހައްލުކުރުމުގައި ތަޢުލީމާއި ތަރުބިޔަތުގެ މަގަކީ ކާމިޔާބު މަގެވެ. އިސްލާމްދީނުގައިވާ ޢުޤޫބާތުގެ ޙުކުމްތަކަށް ވުރެ އަޚުލާޤީ ތަރުބަވީ އިރުޝާދުތަކާއި ސިފަތައް ގިނަވެފައިވަނީ ކުށަށް އަރައިގަންނަން ފަސްޖެހޭ އިންސާނަކު ބިނާކުރުމަށާއި ފިކުރީ މައްސަލަތަކަކީ ހަމަ އެކަނި އަދަބުދީގެން ޙައްލުކުރެވޭނޭ ކަންކަމެެއްނޫންކަމަށެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ، މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށަކަށްވާ އިސްލާހަށް ނިސްބަތްކޮށް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ، އިސްލާމްދީނުގެ ގަދަރު ކުޑަކޮށް، ދީނުގެ ޝިއާރުތަކަށް ފުރައްސާރަކޮށް ތައުހީނު ކުރުމުގެ އެންމެހާ ފިކުރުތައް، ފެތުރުމާއި އެއަމަލުތައް ހިންގުން ގާނޫނުގައި ޞަރީހަކޮށް މަނާކުރެވެން ޖެހޭކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ނަފުރަތުގެ އަމަލު ހުއްޓުވުމަށް ގާނޫނޫލް އުގޫބާތަށް ހުށައެޅިފައިވާ އިސްލާހުތަކުގެ ތެރެއަށް "ޝަރުއީ ޟަވާބިޠު" އިތުރުކުރަށް ޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށާއި އެހެންނޫންނަމަ ހުށައަޅާފައި އޮތް ޞީޢާ އޮތްގޮތުން އިސްލާމީ މުޖުތަމައުގައި ގަސްތުގައި ހިނގާ ދީނާ ހިލާފު ފިކުރުތައް ހުއްޓުވުމަށް ގާނޫނީގޮތުން ހުރަސްތަކެއް މެދުވެރިވެދާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އިސްލާމީ ޝަރީޢާގައި ކަނޑައެޅިގެންވާ އުޞޫލުތަކާއި ޤަވާޢިދުތަކާއި ޟަވާބިޠުތަކާ ޚިލާފަށް އެއްވެސް މުސްލިމަކީ ކާފަރެއްކަމުގައި ބުނުމަކީ އިސްލާމީ ޢަޤީދާއާ ޚިލާފުކަމެއްކަން ފާހަގަ ކުރައްވާ ޑރ.ޝަހީމް ވިދާޅުވީ ޝަރުޢީ ގޮތުން އެކަމުގައި ގޮތް ނިންމުންވަނީ ބޭރުފުށަށްކަމަށާއި ހިތްތަކުގައިވާ ކަންކަން ދެނެވޮޑިގެންވާނީ މާތް ﷲ ކަމަށެވެ.

ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ (ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ) މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށާއި ޤުރުއާނާއި ސުންނަތުގައިވާގޮތުން އެއީ އިސްލާމީ މުޖުތަމަޢުގެ އިޖުތިމާޢީ ރުކުނެއްކަމަށް ޑރ. ޝަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top