Close

މެމްބަރު ޝާހިދުގެ ނުރުހުން ރައީސް ނަޝީދަށް، އެމްޑީޕީގެ ފަލްސަފާ ވަރަށް ރަނގަޅަށް ވިސްނިއްޖެ

މެމްބަރު ޝާހިދު

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ތާއީދުކޮށް އެ ސިޓީ އަށް އުފަން ރައްޔިތުން ދެ ވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީސް ރައީސް ނަޝީދު ސިފަކުރެއްވި ކަމަށް ވިދާޅުވެ، ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އައްޑޫ މީހުންގެ ވިސްނުން ހުންނަނީ ނޭފަތު ކުރިއާ ހިސާބަށް ކަމަށް ދޭހަވާ މޭރުމުން ނަޝީދު ވިދާޅުވުމާ ގުޅިގެން ޝާހިދު ވަނީ އެކަން ހަރުކަށީ އިބާރާތުން ކުށްވެރި ކުރައްވާ ފޭސްބުކް ޕޯސްޓެއް ކުރައްވައިފައެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވީ ރައީސް ނަޝީދު އަކީ އައްޑޫ އަށް ނިސްބަތް ވާ ބޭފުޅަކަށް ނުވާތީ އައްޑޫ ރައްޔިތުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އައްޑޫ ރައްޔިތުންނަކީ ވިސްނުމުގެ ގާބިލުކަން ލިބިފައިވާ ބައެއް ނޫންކަން ދޭހަވާފަދަ މޭރުމަކުން ރައީސް ނަޝީދު ވިދާޅުވުމަކީ އެ ސިޓީގެ ރައްޔިތުންނަށް ލިބުނު ނިކަމެތި ކަމެއް ކަމަށް ވިދާޅުވިއެވެ.

މިފަދަ އިބާރާތެއް އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ބޭނުން ކުރެއްވުމުން ޝާހިދު ވަނީ އެއީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ކޮންމެ އިންތިހާބަކާއި ދިމާކޮށް ވޯޓު ހޯދަން އައްޑޫގައި ދެއްކެވި ވާހަކަތަކަކީ އާންމު އުސޫލުން އެމްޑީޕީގެ ފަލްސަފާގައިވާ މަކަރާއި ހީލަތުން ކުރައްވާ ކަންކަން ކަން ވަރަށް ރަގަޅަށް ވިސްނި ސާފުވެއްޖެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އައްޑޫގައި އެމްޑީޕީގެ ސަރުކާރަކުން ހިންގާ ތަރައްގީގެ ކޮންމެ ޕްރޮޖެކްޓެއްގެ ފަހަތުގައި ފެންނަނީ ގައުމުގެ އިހުތިސާސުން ބައެއް އެހެން ގައުމަކަށް ލިބޭ ގޮތް ހަދަމުންދާ މަންޒަރު ކަމަށެވެ. އަދި އައްޑޫގައި އިންޑިިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނިންމުމަކީ ގައުމު އަޅުވެތި ކަމާ ދިމާލަށް ދީލާލުން ކަމަށް ސިފަކުރައްވާ ޝާހިދު ވަނީ ކޮންސިއުލޭޓެއް އެޅުމުގެ ވިސްނުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

2 ކޮމެންޓް

  1. ކޮން ބޭކާރު އަނގައެއް. ވެރިކަން ލިބުމުން ކުރަން ނޭނގުނު ބައެއް ތީ،

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top