Close

އައްޑޫ އިން ރެންޑަމް ސާމްޕަލްތަކެއް މި ހަފްތާ ތެރޭގައި ނެގޭނެ: އޭ.އީ.އެޗް

އައްޑޫސިޓިގައި ކޮވިޑް-19 ގެ ހާލަތު ދެނެގަތުމަށް މި ހަފްތާގައި ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ހޮސްޕިޓަލުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތު ދެނެގަތުމަށް މި ހަފްތާގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 20:00 އާ ހަމައަށް ހުރިހާ އަވަށެއްގައިވެސް ގޭގެއަށް ގޮސް ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި މިގޮތަށް ރެންޑަމް ސާމްޕަލް ނަގާ ހާލަތު ދެނެގަންނަން ޖެހެނީ މޮނިޓަރިންގެ ހާލަތު ނެގުމުގެ ކުރިން އައްޑޫގެ ހާލަތު ދެނެގަތުމަށް ކަމަށްވެސް ބުނެފައިވެއެވެ.

އިއްޔަ ފެނުނު ޕޮޒިޓިވް ކޭސްއާއެކު ހިތަދޫގައި މިވަގުތު ކޮވިޑްގެ 65 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، ހުޅުދޫގައި 21 ކޭސް އަދި މީދޫގައި އެއް ކޭސް، މަރަދޫގައި 8 ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 98 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top