Close

ފުވައްމުލަކުގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވުން މެދުކަނޑާލައިފި

ބިދޭސީން ލައްވައި މަސައްކަތް ކުރުވުން ފުވައްމުލަކު ސިޓީގައި ވަގުތީގޮތުން ހުއްޓުވައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިިލް އިދާރާއިން ވިދާޅުވީ، އެ ސިޓީގައި ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދާތީ އާއި އެ ސިޓީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ކޯވިޑް އަށް ޕޮޒިޓީވް ވަމުންދާތީ ބިދޭސީން ލައްވާ މަސައްކަތްކުރުން ވަގުތީގޮތުން ހުއްޓުވާފައިވާ ކަމަށެވެ. އަދި މިއީ އެ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަަމަށް ކައުންސިލުން ވިދާޅުވި އެވެ.

މި މުއްދަތުގައި ކާބޯ ތަކެތި ޑެލިވަރީ ކުރުންފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ބިދޭސީން ލައްވާ މަސައްކަތް ކުރުމަށް އީއޯސީ އިން ހުއްދަ ހޯދަންޖެހޭނެ ކަމަށް ވެސް ކައުންސިލުން ވިދާޅުވި އެވެ.

ފުވައްމުލަކުގައި ބިދޭސީން ލައްވާ މަސައްކަތްކުރުވުން ހުއްޓުވާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 14 ގެ ނިޔަލަށެވެ.

މި އެންގުމާއި ޚިލާފްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top