Close

ދިވެހި ބަހުގެ ވިދާރާއިން "އޮންލައިން އަދަބީ އީދު 2021"ގެ ނަމުގައި ހަރަކާތެއް ބާއްވަނީ

ފޮޓޯ: ވަގުތު

ދިވެހ ބަހުގެ ވިދާރާއިން އޮންލައިން އަދަބީ އީދު 2021ގެ ނަމުގައި ދިވެހި ބަހުގެ ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ދިވެހި އަދަބު ކުރިއެރުވުމާއި އަދަބީ އުފެއްދުންތައް ހުށައެޅުމުގެ ހުނަރު ތަރައްޤީ ކޮށް ދެމެހެއްޓުމަށްޓަކައި ތަފާތު އަދަބީ މުބާރާތްތަކެއް ހިމެނޭ ގޮތަަށް އޮންލައިންކޮށް ހިންގޭ ހަރަކާތްތަކެށް ކަމުގައި ދިވެހި ބަހުގެ ވިދާރާއިން އާންމު ކޮށްފައިވާ އިއުލާނުގައި ވެއެވެ.

"އަދަބީ އީދު" މި ހަރަކާތްތަކަކީ އާންމުންނަށް ހުޅުވާލައިގެން ބާއްވާ އީދެކެވެ.އަދި މި ހަރަކާތް ހާއްސަކޮށްފައިވާނީ 3 އުމުރު ފުރައަކަށެވެ.

މި އުމުރު ފުރާ ތަކަކީ 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.

ދިވެހ ބަހުގެ މި އީދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 މުބާރާތަކާށް ބަހާލައިގެންނެވެ. އޭގެ ތރޭގަަައި ރައިވަރު ކިއުން ބަނދި ކިއުން ޅެން ކިއުން އަދި ވާހަކަ ހުށާއެޅުން ހިމެނެއެވެ.

މި މުބާރާތުގައި ކޮންމެ ބައިވެރިއަކަށް ވެސް ގިނަ ވެގެން ބައިވެރިވި ވެވެނީ 2 ހަރަކާތުގާއެވެ.

ދިވެހ ބަހުގެ ވިދާރާއިން ބުނެފައިވާ ގޮތުގައި މި މުބާރާތުގައި ބައިވެރިވެވޭނީ މި ކަމަށް ހިއްސާ ކޮށްފައިވާ ގޫގުލް ފޯމެއް މެދުވެރި ކޮށެވެ.އަދި ބައިވެރިންގެ އުފެއްދުންތައް ފޮނުވަންވާނީ ޓެލެގްރާމް މެދުވެރިކޮށް 7986230 އަށެވެ .މީގެ އިތުރުން އުފެއްދުންތައް ހުންނަންވާނީ އެމް.ޕީ 4 ފޯމެއްގައި ލޭންޑްސްކޭޕް ކޮށް ކަމަށާއި ބައިވެރިވި ފަރާތުގެ ނަމާއި އެޑްރެހާއި އުމުރުފުރާ އައިޑީކާޑް ނަމްބަރު ޖަހާ އަދި ވީޑިއޯއާ އެކު މެސެޖެއް ފޮނުވަންވާނެކަން ވަނީ އަންގާފަ އެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށައެޅޭނެ ސުންގަޑި ތަކަކީ 10އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ 28 ޖޫން 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ 29 ޖޫން އަދި 17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާ 30 ޖޫން 2021 ގެ ކުރިން ކަމުގައި  ވިދާރާއިން އަންގާފައިވެއެވެ.

އަދަބީ އީދާ ބެހޭގޮތުން އިތުރު މައުލޫމާތު ވިދާރާގެ ނަންބަރު 7986230 އިން ލިބޭނެ ކަމުގައި މި އިއުލާނުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top