Close

މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިގެން މިނޫނީ "ނަކަސްތަޅާ" ސަރުކާރެއް ނާދޭ: މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުނީމާވެސް މިނޫނީ "ނަކަސްތަޅާ" ސަރުކާރެއް ރާއްޖޭގައި ނުއުފެދޭ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްޠަފާ (ތިމަރަފުށި މުސްތަފާ) ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މުސްތަފާ ވިދާޅުވީ މި ހާރު މިއޮތް ސަރުކާރަށް ވަނީ މަޖިލީހުގެ 3 ބައި ކުޅަ 2 ބައިގެ ބިޔަ މެޖޯރިޓީއެއް ލިބިފައެވެ. އެއީ ގާނޫނުއަސާސީއަށް ވެސް އިސްލާހް ގެނެވޭ ޢަދަދެވެ.

ނަމަވެސް އެވަރު މެޖޯރިއެއް ލިބުނީމައި ވެސް މިނޫނީ "ނަކަސްތަޅާ ސަރުކާރެއް" މި ގައުމުގައި ނުއުފެދޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ތާކުންތާކުން ނުޖެހޭކަންކަން ކުރުމަށް ދިވެހިބަހުގައި ނަކަސްތެޅުމޭ މަޖާޒީގޮތުން ކިޔައިއުޅެއެވެ.

މިހާރުއޮތް ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީ އަކީ އެމްޑީޕީއެވެ. އެހެން ޕާޓީތަކުގެ "ކޭކު ފޮތިތައް" ކުދިވިއިރު އެ ޕާޓީއަށް ވަނީ ސަރުކާރުގެ ހިއްސާ ބޮޑުވެފައެވެ. އެ ޕާޓީއަށް މިނިސްޓްރީތައް ގިނަވިއިރު، އެހެން ޕާޓީތަކަށް ވީ މަދެވެ.

އެއްވެސް ދައްޗެއްނެތި ސަރުކާރު ހިންގަން ބޭނުންވާ ގާނޫނުތައް ފާސްކުރަން މަޖިލީހުގައި އެ ޕާޓީއަށް ނިސްބަތްވާ 65 މެންބަރަކު ތިއްބަވައެވެ.

ނަމަވެސް މިއަދު ޖަލްސާ ކެންސަލް ކުރީ ވަޒީރަކަށް ރުހުންދޭން ބޭނުންވާ މިންވަރަށް ވޯޓު ހަމަނުވެގެން ކަމަށް އަޑުވަނީ ފެރިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top