Close

ކުޑަހުވަދޫ ރައްޔިތުންގެ ފަރާތުން 211,223.76 ރުފިޔާގެ އެހީ ފަލަސްތީނަށް

ދ. ކުޑަހުވަދޫ ރައްޔިތުންގެ ފަރާތުން 211,223.76 ރުފިޔާގެ ފައިސާގެ އެހީ ފަލަސްތީނަށް ހަދިޔާކުރުމަށް ލިބިއްޖެ އެވެ.

"ފަލަސްތީނާ އެކު ކުޑަހުވަދޫ" މި ނަމުގައި ކުރިޔަށް ގެންދިޔަ ކެމްޕެއިން އަށް ބޮޑު ތަރުހީބެއް ލިބި 211,223.76 ފައިސާގެ އެހީ ލިބިއްޖެކަމަށް އެރަށުގެ ކައުންސިލުން ހާމަ ކޮށްފައިވެއެވެ.

ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދ.ކުޑަހުވަދޫގައި ކުރިއަށްގެންދިޔަ މި ކެމްޕޭންގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

މެއި މަހުގެ 28ން ޖޫން 4 ނިޔަލަށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ކެމްޕޭން އަމަލީ ގޮތުން ކުރިއަށް ގެންގޮސްފައިވަނީ ކުޑަހުވަދޫގެ ޖަމިއްޔާއެއް ކަމަށްވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އާއި އެރަށު ކައުންސިލް ގުޅިގެންނެވެ.

މި ކެމްޕެއިން ކުޑަހުވަދޫގައި ކުރިއަށްގެންގޮސްފައި މިވަނީ ގިނަ ހަރަކާތްތަކަކާ އެކުގައެވެ.އެގޮތުން އެރަށުގެ ފިހާރަތަކުގައްޔާއި މިސްކިތްތަކުގެ ފަންޑު ފޮށި ބަހައްޓަާ އަދި ފަލަސްތީނުގެ ދިދަ ޖެހި ޓީޝާޓު ވަނީ ވިއްކާފަ އެވެ .

މީގެ އިތުރުން ކުޑަހުވަދޫގެދީނީ އިލްމުވެރިނާއި އިސްވެރިން ވަނީ ލައިވް ޓެލެތޯނެއް ވެސް ހިންގާފައެވެ.އަދި އޮންލައިން ޓްރާންސްފަރ ކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުގައިފަލަސްތީނު ރައްޔިތުންނަށް އެހީވުމުގެ ގޮތުންދަނީ ގިނަ ހަރަކާތްތަކެށް ރާވާ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top