ގދ. އަތޮޅުން ގެވެށި އަނިޔާގެ ގޮތުގައި 13 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ) އިން ނެރުނު ތަފާސް ހިސާބުން ހާމަ ކުރައްވައިފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާރޗު މަހުގެ ނިޔަލަށް ކޮއްފައިވާ ރިޕޯޓް ތަކެވެ.
ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓގެ ތަފާސް ހިސާބަށް ބަލާއިރު ގދ އަތޮޅުން އެންމެ ގިނަ ކޭސްތަށް އިދާރާތަކަށް ހުށަހަޅާފައިވަނީ ގދ ތިނަދޫ އިންނެވެ. އެގޮތުންގދ ތިނަދޫއިން އެކަނިވެސް 7 މައްސަލައެއް ވަނީ ހުށަހަޅާފައި ކަމަށެވެ .
ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ހާމަ ކޮއްފައިވާ ގޮތުގައި އެ އޮތޯރިޓީއަށް ރިޕޯޓް ކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތަކަކީމޯލްޑިވްސް ޕޮލިސް ސަރވިސް ޖެންޑަރ މިނިސްޓްރީން ޞިއްޙީ ހިދުމަތް ދޭ ފަރާތްތަކުން އަދި އެ އޮތޯރިޓީއަށް ސީދާ ހުށައެޅުނު މައްސަލަތަކެކެވެ.
ފުރަތަމަ ކުއާޓާގައި ގެވެށި އަނިޔާގެ ގޮތުގައި އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމުގެ މައްސަލަތަކެވެ






