ލާމުު އަތޮޅުގައި ކޮވިޑް-19ގެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 357 އަށް އަރައިފި އެވެ.
ލާމު އަތޮޅުގައި 4 ރަށަކުންއިތުރު 19 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
މިވަގުތު ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށްތަކުގެ ތެރޭގައި ގަމުން 70 ކޭސް، މާންދޫ އިން 07 ކޭސް، އިސްދޫ އިން 101 ކޭސް، ކަޅައިދޫ އިން 49 ކޭސް، ފޮނަދޫ އިން 19ކޭސް، ހިތަދޫ އިން 5 ކޭސް، ކުނަހަންދޫ އިން 2 ކޭސް، މާމެންދޫ އިން 5 ކޭސް އަދި މާވަށުން 99 ކޭސްއެވެ. މިވަގުތު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް މީހުން ތިބީ އިސްދޫގައެވެ.
ލާމު އަތޮޅުން މި ދިޔަ ހުކުރު ދުވަހުން ފެށިގެން ޖުމްލަ 94 މީހުން ވަނީ މި ބަލިން ފަސޭހަ ވެފައެވެ.
ލާމު އަތޮޅުގައި މިހާތަނަށް ކޮވިޑް-19ގެ ޝިކާރައަކަށްވެ 40 މީހަކު ވަނީ ނިޔާވެފައެވެ.
އަތޮޅު ތެރޭގައި ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ލ.ގަން ރީޖަނަލް ހޮސްޕިޓަލުން ދޭތެރެ ދޭތެރެއިން ދަނީ ސަސްޕެންސް ސާމްޕަލް ތަކެއް ނަގަމުންނެވެ.






