އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އައްޑޫ ފްލައިންގް ސްކޫލް)ގައި ބޭންކް އޮފް މޯލްޑިވްސްގެ ކިޔަވާ ލޯނު ނަގާފައިވާ 15 ދަރިވަރުންގެ ލޯނު ސަރުކާރުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން ވިދާޅުވީ، އޭއޭއޭގައި ބޭންކް އޮފް މޯލްޑިވްސްގެ ކިޔަވާ ލޯނު ނަގާފައިވާ 15 ދަރިވަރުންގެ ލޯނު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށަށް ބަދަލުކޮށް ރައީސް ސޯލިހްގެ ނިންމެވުމާއި އެއްގޮތަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއަށް މި ދަރިވަރުންގެ ލޯނު ބަދަލުވުމުން އެއްވެސް އިންޓްރެސްޓް އެއް ދަރިވަރުން ދައްކާކަށް ނުޖެހޭނެކަމަށެވެ.
ހަޔާ އެޑިއުކޭޝަން އިން އިތުރަށް ވިދާޅުވީ، އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލުތަކެއް ހޯދައި ދިނުމުގެ މަސައްކަތުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ކިޔަވާ ލޯނު ނަގާފައިވާ އިތުރު ދަރިވަރުންތަކެއްގެ ލޯނުވެސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންކަމަށެވެ.
އައްޑޫ ފްލައިން ސްކޫލްގެ މައްސަލައިގައި މިދިޔަ އަހަރުން ފެށިގެން ސަރުކާރުން އެކި ނިންމުންތައް ނިންމި ކަމުގައިވިޔަސް، އެކަމުން އެންމެ އެދެވޭ ހައްލެއް ނުލިބުމުން ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް އިތުރު އެހެން މަގެއް ދަރިވަރުންނަށް ފަހިކޮށްދިނުމަށް ގޮވާލާފައެވެ.






