Close

ޗައިނާގެ ޔުނާން ޕްރޮވިންސުން 180 މިލިއަން އަހަރުވެފައިވާ ޑައިނަސޯގެ ކަށިތަކެއް ފެނިއްޖެ

ޗައިނާގެ ޔުނާން ޕްރޮވިންސުން 180 މިލިއަން އަހަރުވެފައިވާ ޑައިނަސޯގެ ކަށިތަކެއް ފެނިއްޖެއެވެ.

މި ކަށިތައް ފެނިފައިވަނީ ޑައިނަސޯތައް ދިރާސާ ކުރާ "ޕޭލިއެންޓޮލޮޖިސްޓުން" ނަށެވެ. އެ މީހުން ބުނެފައިވާގޮތުގައި ޑައިނަސޯގެ 70 އިންސައްތަ ކަށިތައް ވަނީ ފެނިފައެވެ.

މި ޑައިނަސޯގެ ދިގުމިނުގައި އަށް މީޓަރު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު މި ޑައިނަސޯ ދުނިޔޭގައި ދިރިހުރީ ޖުރާސިކް އިރުގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ މީގެ 145 މިލިއަން އަހަރާއި 201 މިލިއަން އަހަރު ކުރިއެވެ.

ޑައިނަސޯގެ ކަށިތައް ފެނިފައިވާ ސަރަހައްދުން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރު އެ ގައުމުގެ ރިސާޗް ސެންޓަރުން އަންނަނީ ކުރަމުންނެވެ. އެއީ އެ ޑައިނަސޯގެ ބާކީ ހުރި ކަށިތަކަށް ގެއްލުން ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ރިސާޗު ސެންޓަރުން ވަނީ ބުނެފައެވެ.

އެ ސެންޓަރުން ބުނެފައިވާގޮތުގައި މި ޑައިނަސޯގެ ކަށިތަކަކީ ގައުމީ ތަރިކައެވެ. އަދި މިހާ ގިނަ ކަށި ގުޅިފައިވާ ޑައިނަސޯތަކުގެ ފޮސިލްތައް ފެނިފައިވަނީ ވަރަށް މަދުން ކަމަށާއި އެހެންކަމުން މި ސާރުގެ ރައްކާތެރިކަން ވަރަށް ބޮޑަށް ބަލަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

ޕޭލިއެންޓޮލޮޖިސްތުން ކުރި ދިރާސާތަކުން މިއީ ލުފެންގޮސޮރަސް ކިޔާ ބާވަތުގެ ޑައިނަސޯއެއް ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top