ދ. އަތޮޅުގައި އިއްޔެ ކޮވިޑް-19ގެ އެއްވެސް ކޭސް އެއް ރިޕޯޓް ކުރެވިފައެއް ނެތް ކަމަށް އެއަތޮޅުން އިއްޔެ އަދާ ހަމަ ކުރެވިފައިވާ ރިޕޯޓުން ދައްކައެވެ.
ދ.އަތޮޅުގެ ކޮވިޑް-19ގެ ޖުމްލަ 53 އެކްޓިވް ކޭސް މިވަގުތު އެބައުޅެއެވެ. އަދި މި އަތޮޅުގެ 6 ރަށެއްގައި ކޮވިޑް-19ގެ ބަލި ވަނީ ފެތުރިފައެވެ.
މިވަގުތު ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށްތަކުގެ ތެރޭގައި ކުޑަ ހުވަދޫ 84 މާއެނބޫދޫ4 ހުޅުދެލި20 ރިނބިދޫ5 ބަނޑިދޫ113 އަދި މީގެ އިތުރުން މީދޫގެ15 ކޭސްއެވެ. މިވަގުތު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް މީހުން ތިބީ ބަނޑިދޫގަ އެވެ.
ދ އަތޮޅުގައި ޖުމްލަ 187 މީހުން ވަނީ މި ބަލިން ފަސޭހަ ވެފައެވެ.އެއާއެކު އެނދުމަތި ކޮށްގެން ފަރުވާ ދެވިފައި ަނީ 4 މީހުންނަށެވެ.
މި އަތޮޅުގައި ކޮވިޑް-19ގެ ޝިކާރައަކަށްވެ ޖޫން 4 ވަނަ ދުވަހު ބަނޑިދޫ މީހަކު ވަނީ ނިޔާވެފައެވެ.
އަތޮޅު ތެރޭގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު މަދުކުރުމަށް ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަޅުތައް އެޅުމަށް ދ.އަތޅު ހޮސްޕިޓަލް އަދި ރަށްތަކުގެ ހެލްތު ސެންޓަރ ތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.






