Close

އައްޑޫ އިން މިއަދު ޕޮޒިޓިވްވީ އެންމެ މީހެއް: އޭ.އީ.އެޗް

އައްޑޫ ސިޓިން މިއަދު ފެނިފައިވަނީ އެއް ޕޮޒިޓިވް ކޭސް ކަމަށް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އިން ވިދާޅުވެއްޖެ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އިން ވިދާޅުވީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު ހަމައެކަނި ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށާއި އެއީ ސަވަލައިލެންސް ސާމްޕަލެއްގެ ތެރެއިން ފެނުނު ކޭސްއެއް ކަމަށެވެ.

މި ޕޮޒިޓިވް ކޭސްއާއެކު ހިތަދޫގައި މިވަގުތު ކޮވިޑްގެ ޖުމްލަ 63 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި 1 އެކްޓިވް ކޭސް، ހުޅުދޫގައި 7 އެކްޓިވް ކޭސް އަދި މީދޫގައި 1 އެކްޓިވް ކޭސް، މަރަދޫގައި 5 އެކްޓިވް ކޭސް އަދި މަރަދޫފޭދޫގައި 1 އެކްޓިވް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ވިދާޅުވި އެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 78 އެކްޓިވް ކޭސް މިހާރު އެބަތިބިއެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު 12 މީހުން ރަނގަޅުވެ، އަދަދު ވަނީ 238 އަށް އަރާފައެވެ. ކޮވިޑް ފެސިލިޓީގައި މިވަގުތު 1 މީހަކަށް ފަރުވާ ދެމުން އަންނައިރު މި ބަލީގައި 2 މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top