ގދ. ތިނަދޫގައި މިއަދު 20 މީހުން އަލަށް ޕޮޒިޓިވްވެ ޖުމްލަ އެކްޓިވް ކޭސްގެ އަދަދު 106 އަށް އަރައިފިއެވެ.
މިހާތަނަށް ތިނަދޫގައި ޕޮޒިޓިވްވެެެފައިވަނީ ޖުމްލަ 289 މީހުންނެވެ.
މިއަދު ޕޮޒިޓިވްވި 20 މީހުންގެ އދަދާއެކު މިއަދަކީ ތިނަދޫގައި ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެގޮތުން އެރަށުން އެންމެ ގިނަ މީހުން ޕޮޒިޓީވްވެފައިވަނީ މިދިޔަ މެއި މަހު 17 ވަނަ ދުވަހުއެވެ. އެދުވަހު 22 މީހުން ވަނީ ޕޮޒިޓިވް ވެެެފައެވެ.
ތިނަދޫގައި ޖުމްލަ 10 މީހުން ވަނީ މި ބަލިން ފަސޭހަ ވެފައެވެ.
މިވަގުތު އެރަށުގެ 141 ގެއެއްގައި 367 މީހަކު ކަރަންޓީނުކޮށްފައި އެބަ ތިއްބެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭ 54 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ އަދަދު 181 އަށް އަރައެވެ.






