ކުރިއަށް އޮތް 3 މަސްދުވަސް ތެރޭގައި ފުވައްމުލަކުގެ ނޭޗާރ ޕާރކާއި ޗަކަބިންތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމައިފިއެވެ.
އެކައުންސިލުން މިނިނުން ނިންމާފައިވާ ކަމަށް ހާާމަ ކޮށްފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ފޭސްބުކް މެދުވެރި ކުރައްވައި މޭޔަރ އިސްމާއިލް ރަފީޤް ދެއްވި މެސެޖެއްގަ އެވެ.
އިސްމާއިލް ރަފީޤްގެ މި މެސެޖުގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ނޭޗާރ ޕާރކް ތަކާއި އަދި މިނޫނަސް އެންވާރމެންޓް މިނިސްޓްރީން ބަލަހައްޓަމުން ގެންދިޔަ ތަންތަން ކައުންސިލަށް ބަދަލު ކުރުމުގެ ކަންކަން ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ތަނުގެ ހުރި އެސެޓްސް ތަކާއި މުއައްޒަފުންވެސް ކައުންސިލުގެ ދަށަށް ބަދަލު ކުރުމުގެ އެންމެހާ ކަންކަން ކުރާނެ ކަމުގައެވެ.
ފުވައްމުލަކު ގެ ނޭޗަރ ޕާކަކީ ގިނަ ރައްޔިތުން ތަކެއް ރައްޓެހިންނާއި އެކު މަޖާކޮށްލަން ދާ ހިތްގައިމު ކުޅިއެކެވެ. މި ކުޅީގެ ސަރަހައްދު ނޭޗަރ ޕާކެއްގެ ގޮތުގައި ތަރައްޤީކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. މި ޕާކު ވެގެންދިޔައީ ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް އެކި ބޭނުންތަކުގައި ޒިޔާރަށް ކުރާ އެކި ފަރާތްތަކަށް ވަރަށް މަޤްބޫލް ތަނަކަށެވެ.
ފުވައްމުލަކު މި ނޭޗަރ ޕާކު ސިޓީ ކައުންސިލަށް ބަދަލު ކުރުމުން މިހާރަށް ވުރެ ހެޔޮ ބަދަލްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.






