ގދ. ތިނަދޫގައި ކޮވިޑަށް ޕޮޒިޓިވްވި މީހަކު އޭނާގެ ކުރީގެ އަނބިމީހާގެ ގެއަށް ދިޔަ މައްސަލަ ފެންމަތިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާގެ ކުރީގެ އަނބިމީހާގެ ގެއަށް ގޮސްފައިވަނީ ރޭ 23:00 ހާއިރު އެވެ. އަދި އަނބުރާ ގެއަށް އައުމުގެ މަގުމަތީގައި އިތުރު 2 ގެއަކަށް ވަނުމާ ގުޅިގެން އެ 2 ގެއިންކުރެ ގެއެއްގެ މީހަކު ވަނީ މި މައްސަލަ ރިޕޯޓް ކޮށްފައެވެ.
މިފަދަ ކަންކަމުގައި ކަންކުރަން އެޗްޕީއޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުގެ މަތިން މި މީހާ ވަނީ ޖޫރިމަނާކޮށްފައެވެ. އެނގިފައިވާ ގޮތުގައި އެމީހާ އަކީ މީގެ ކުރިންވެސް ކަރަންޓީނު އުސޫލާ ޚިލާފުވުމުގެ ސަބަބުން 3 ފަހަރެއްގެ މަތިން ޖޫރިމަނާ ކޮށްފައިވާ މީހެކެވެ.
މަދުންނަމަވެސް އާންމުންގެ ފަރާތުން މިފަދަ އަމަލުތައް ތަކުރާރު ވަމުންދާތީ އެބަޔަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލްތަކަށް ވަނީ ލިބިފައެވެ.







1 ކޮމެންޓް
އެއީ ރީނދޫ ކުލައިގެ މީހެއް. ކުއްވެރި އެއް ނުވާނެ.